ހައްޖަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގަމުންދިޔަ މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް، ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ ފުލުހުން ހޯދަމުންދާ އިސްމާއީލު އަބްދުލްލަތީފު ހައްޔަރުކުރަން ކްރިމިނަލް ކޯޓްގެ އަމުރު ހޯދީ އިއްޔެ ހަވީރު ކަމަށާއި އެއަމުރު ލިބުމާއި ގުޅިގެން އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއިން މިއަހަރު ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ވަރަށް ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގާފައިވާކަން ފާހަގަ ކުރެވެއެވެ. މަލީޝާ އިން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި މިހާތަނަށް ޖުމްލަ 60 މީހަކު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ފުރިހަމަ ތަޙްޤީގެއް ހިންގުމަށްޓަކައި މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއަށް މިއަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން 1433 ވަނަ އަހަރު ޙައްޖަށް ދިއުމަށްޓަކައި މަލީޝާ ހައްޖު އެންޑް އުމްރާ ސަރވިސަސްއަށް ފައިސާ ދައްކާފައިވާ އެންމެހާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެމަޢުލޫމާތު ދެއްވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
މަލީޝާގެ ވެރިޔާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ