އިންތިހާބު ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ހުރަސް ނޭޅުމަށް ސުޕްރިމް ކޯޓުން އަމުރުކޮށްފި

ވޯޓުލާ މަރުކަޒުތަކުގައި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ނޫސްވެރީންނާއި އޮބްޒާވަރުންނަށް އެމީހުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޒަރޫރީގޮތުން ކޮންމެހެން ބޭނުންވާ ވަސީލަތްތައް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ބޭނުން ކުރުމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ އިންތިޚާބު ބޭއްވުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައިވާ ގައިޑްލައިންތަކުގެ މަޤުސަދަކީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ނޫސްވެރިންނާއި އޮބްޒާވަރުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުން ނޫން ކަމަށާއި އެ އިންތިޚާބުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާ އެކު، ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށް އިންތިޚާބުގެ ކަންކަން އިންތިޒާމުކުރެވިފައިވާ މާހައުލެއް ގާއިމުކުރެވިފައި އޮތުން ގެރެންޓީ ކުރުން ކަމަށެވެ.އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ސޮއިކުރައްވައި މިރޭ މި މިއަމުރު ނެރެފައިވަނީ ރިޔާސީ އިންތިހާބު ކަވަރު ކުރާ ނޫސްވެރިންނަށް ނުވަތަ މީޑިއާތަކަށް ވެސް ވޯޓުލާ ސަރަހައްދަށް ކެމެރާ އާއި އެފަދަ އެއްވެސް އެއްޗެއް ވެއްދުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ