އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ މެމްބަރު ސަލީމެއް ނޫން: ނަސީރު

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރުއާއި އިތުރު މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް ނޫންކަމަށް ނަސީރު ބުނެފިއެވެ.
ނަސީރު މިހެން ބުނެފައި މިވަނީ، ނޫސްވެރިޔާ ނަސީރު އާއި އިތުރު މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އިން ފެންނަނީ މެމްބަރު ސަލީމްކަމަށް "ދިޔަރެސް" ނޫހުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމައްސަލާގައި، ސަލީމްއާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ޚަބަރު ފެތުރިކަމަށް ބުނެ، އެނޫހަށާއި ނޫހުގެ މަސްއޫލުވެރި ފަރާތުގެ މައްޗަށް ދައުވާކުރަން މެމްބަރު ސަލީމް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ދަޑިވަޅެއްގައެވެ.
ނަސީރު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އޭނަ ރާއްޖެ ޓީވީގައި 7 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށް، ވަކިވިތާ ދޮޅު އަހަރުވެއްޖެކަމަށެވެ. އަދި ރާއްޖެ ޓީވީގެ އެމްޑީ ސަލީމް، ހުރިހާ މުވައްޒަފުންނާއެކުވެސް ބާއްވަނީ ވަރަށް ޕްރޮފެޝަނަލް ގުޅުމެއްކަމަށެވެ.
"ދިޔަރެސް" ނޫހުގައި ލިޔެފައިވާ ހަބަރާއި ގުޅިގެން ނަސީރު ވިދާޅުވީ، ވީޑިއޯއަކާއި ގުޅުވައި، ސަލީމަށް ނިސްބަތްކޮށް އެނޫހުގައި ލިޔެފައިވަނީ އެއްވެސް ހަގީގަތެއް، އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އެކަމާއި"ދިޔަރެސް" ނޫހުގައި ލިޔެފައިވާ ހަބަރާއި ގުޅިގެން ސަލީމްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ، އެހަބަރަކީ އޭނާއާ ގުޅުވައި ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި ޝާއިއުކޮށްފައިވާ ލިޔުމެއް ކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށައަޅާފައިވާކަމަށެވެ.
ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބަރަހަނާ މަންޒަރުތަކެއް ފެންނަ ވީޑިއޯއަކާ ހަވާލާދީ، އެވީޑިއޯއިން ނުފެންނަ މީހަކީ މެމްބަރު ސަލީމް ކަމަށް ލިޔެފައިވާއިރު، އެވީޑިއޯއިން ފެންނަ ކަމަށް ބުނާ މީހާއާއި އެކަމުގެ ހަގީގަތް ސާފުކުރުމުގެ ގޮތުން ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށް މެމްބަރު ސަލީމް ވަނީ ވިދާޅުވެފައެވެ.
އަދި، އެ ވީޑިއޯއަކީ ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއް ފާއިތުވެފައިވާ ވީޑިއޯއެއްކަން އެތައް ބަޔަކަށް އެނގޭއިރު، ދިޔަރެސްއިން އެލިޔުން ލިޔެފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި، އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމެއްގައި ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިޔަރެސް ނޫހުގައި ޝާއިއުކުރި ދޮގު ލިޔުމާ ގުޅުވައިގެން މީސް މީޑިއާގައި އަދި އެނޫންވެސް ގޮތްގޮތުން އެ ބޮޑު ދޮގަކީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި ފަރާތްތަކާމެދު ވެސް ވަކިވަކިން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ