ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގައި ހިމެނެން ނުވާ ބައެއް ސީނިއަރ ކުޅުންތެރިން މިހާރު ފާހަގަވެފައިވާކަމަށް ޓީމުގެ ކޯޗް ވެލިޒާ ޕޮޕޯވް ބުންޏެވެ.
ރިޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ފުޓްބޯޅަ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލުވުމާ ގުޅިގެން ސެމީ ފައިނަލުގެ ޖާގައެއް ވަނީ ގެއްލިފައެވެ.
"ބައެއް ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ޓީމްގަ ނެތް 6 ދުވަސް ތެރޭ 3 މެޗް ކުޅޭ ހިތްވަރު ހުރި ކުޅުންތެރިންނެއް. މިއީ ބަދަލު ކުރަން ޖެހޭ ކަމެއް. ޓީމްގައި ހިމެނެން ނުވާ ބައެއް ސީނިއަރ ކުޅުންތެރިން މިހާރުވެސް ފާހަގަވެފައިވެއްޖެ،" ރޭ މަޑަކަސްކަރާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގައުމީ ކޯޗު ބުންޏެވެ.
ޕޮޕޯވް ބުނީ އައިއޯއައިޖީއިން ލިބުނު ފިލާވަޅާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، މިއީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން މަޔޯޓް އަތުން 3-1 ލަނޑުން ބަލިވިއިރު، ދެވަނަ މެޗުގައި ޝީޝެލްސް އަތުން މޮޅުވީ 2-1 ލަނޑުންނެވެ. އަދި ރޭ މަޑަސްގަކަރާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ 4-0 ލަނޑުންނެވެ.
ޓީމުގައި ހިމެނެން ނުވާ ބައެއް ސީނިއަރ ކުޅުންތެރިން މިހާރު ފާހަގަވެއްޖެ: ޕޮޕޯވް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ