ދިވެހިރާއްޖޭގެ އިޤްތިސާދަށާއި، ވިޔަފާރީގެ އެކި ދާއިރާތަކުން ދިގު މުއްދަތަކަށް ޤައުމަށް ޚިދުމަތްކޮށްދެއްވި އަލްމަރުޙޫމް ކޮލި އަލި މަނިކަކީ "ރާއްޖޭގެ މިހާރުގެ އިގްތިޞާދަށް ޒަމާނީ ބަދަލުތައް ގެންނެވި އެންމެ ވަރުގަދަ ރޭވުންތެރިޔާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ސިންގަޕޫރުގައި އަލި މަނިކު އަވަހާރަވުމާއި ގުޅިގެން އެ މަނިކުފާނުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވި ޙާއްސަ މެސެޖެއްގައެވެ.
ރައީސް ޔާމިންގެ މެސެޖުގައި، އަލްމަރުޙޫމް އަލީ މަނިކަކީ 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް މެދުކެނޑުމެއްނެތި ތެދުވެރިކަމާއި، އިޚްލާސްތެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށްދެއްވި ބޭފެޅުއްކަން ފާހަގަ ކުރައްވައި، އެމަނިކުފާނު އަވަހާރަވުމަކީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއްކަމަށް ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް އަލްމަރުޙޫމް އަލި މަނިކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތްކުރެއްވި ބޭފުޅެއްކަންވެސް ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
އަލްމަރުހޫމް ކޮލި އަލީ މަނިކަކީ 1958 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ރައީސް ނާސިރުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ނައިބު ރައީސްކަމާއި، ރައީސް މައުމޫންގެ ޒައާމަތުގައި އެ މަނިކުފާނުގެ ޚާއްސަ މުޝީރެއްގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
ކޮލި އަލީ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 77 އަހަރެވެ.
އަލްމަރުހޫމް ކޮލި އަލީ އުމަރު މަނިކަށް ރައީސް ޔާމީންގެ ތަޢުރީފްގެ ބަސްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ