ހުޅުމާލެއިން ވައްކަމުގެ 10 މައްސަލަ މިދިޔަ ހަފްތާ ރިޕޯޓުކުރި

ހުޅުމާލޭގައި މިދިޔަ ހަފްތާގައި ވައްކަމުގެ 10 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 26 އިން މިމަހު އެއްވަނަ ދުވަހަށް ހުޅުމާލޭގައި ވައްކަމުގެ 10 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ފޭރުމުގެ ދެ މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
އެމުއްދަތުގެ ތެރޭގައި 15 ފަރާތަކުން އެދިގެން ފައިސާ، އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ފުލުހުން ސެކިއުރިޓީ ދީފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން އެމުއްދަތުގެ ތެރޭގައި ހުޅުމާލޭގައި 327 އުޅަނދެއް ޗެކްކޮށްފައިވާއިރު ލައިސެންސް ކާޑު ނެތި އުޅަނދު ދުއްވި 65 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.
ހަމައެހެންމެ އަށް އެކްސިޑެންޓެއް އަދި މަސްތުވާތަކެތީގެ އެއް މައްސަލައެއް ވެސް އެމުއްދަތުގެ ތެރޭގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ