ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ހއ. މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުއްޓަށް ދަތުރު ކުރި ދޯންޏެއް މިއަދު ފަރަށް އަރައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން ބުނީ 'ގުރުވަ1' ނަމަކަށް ކިޔާ ދޯނީގައި ތިބި ފަޅުވެރިންނަށް ކޯސްޑުގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ތަފްސީލް - ފަރަށް އެރި ދޯނީގައި ތިން މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެއީ ދިވެއްސަކާއި ދެ ބިދޭސީން
ދޯނި ފަރަށް އެރީ ނ. ކުޑަރަށް ކައިރިން
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ11:24 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓް އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ގެ އެހީތެރިކަމާ އެކު އެ ތިން މީހުން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްފައިވާއިރު އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ