މެމްބަރު އާޒިމްގެ ޝަރީއަތް 25 ގައި

ސަރުކާރާ ދެކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ފުލުހުންގެ މަސައްކަތަށް ދަތިކޮށްފައިވާ ކަމަށް ބުނެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ދެކޮޅަށް ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ފުރަތަމަ ޝަރީއަތް މި މަހުގެ 25 ގައި ބާއްވަން ތާވަލުކޮށްފި އެވެ. ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލާގައި އޭނާ މިއަދު ވަނީ ކޯޓަށް ހާޒިރުކޮށް މައްސަލައާ ބެހޭ ގޮތުން މައުލޫމާތު ދެއްވައި، ޝަރީއަތަށް ހާޒިރުވުމުގެ ޗިޓް ހަވާލުކޮށްފަ އެވެ. މިއަދު ހެނދުނު 9:00 ގައި ކޯޓަށް ހާޒިރުވުމަށް އޭނާ އަށް ފޮނުވި އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވަޑައިގެންނެވި ނަމަވެސް އޭނާ ކޯޓު ރޫމަށް ވެެއްދީ އެއްގަޑިއިރު ފަހުންނެވެ. ދައުލަތުން ހުށަހަޅާފައިވާ މައްސަލާގައި ބުނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ގުޅިގެން މާލޭގައި ބޭއްވި މުޒާހަރާއެއްގައި އަލިކިލޭގެފާނު މަގު ހިމެނޭ ސަރަހައްދުގައި ފުލުހުންގެ އެންގުމާ ހިލާފަށް އާޒިމް މަޑުކުރައްވައިގެން ހުންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ