ޕްރައިމަރީގައި ޕީޕީއެމުން ދެއްކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް: ރައީސް މައުމޫން

އިއްޔެ ކުރިއަށް ދިޔަ ޕީޕީއެމް ގެ ޕްރައިމަރީގައި އެޕާޓީން ދައްކާފައިވަނީ ޑިމޮކްރަސީގެ ފުރިހަމަ، ރީތި ނަމޫނާ އެއްކަމަށް ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕިއެމް އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޕްރައިމަރީ އަމާން ކަމާ އެކު އެއްވެސް މައްސަލައެއް ނުޖެހި ނިމިގެން ދިއުމަކީ އެމަނިކްފާން ފަހުރުވެރިވެ ލައްވާ ކަމެއް ކަމަށެވެ. އަދި ބަލި ގަބޫލު ކުރައްވައި، ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބްދުﷲ ޔާމިން އާ އެކު މަސައްކަތް ކުރަން އުމަރު ނަސީރު ނިންމަވާފައިވާތީ އެކަމަށް ރައީސް މައުމޫނު ވަނީ މަރުހަބާވެސް ދަންނަވާފައެވެ.
ޕްރައިމަރީގައި ނާކާމިޔާބު ވީނަމަވެސް ޕީޕީއެމް ދޫކޮށް ނުދާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި އުމަރުގެ ސަޕޯޓަރުންވެސް ޕީޕީއެން ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަށް ދީފައިވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ޕީޕީއެމުގެ ޕްރައިމަރީގެ ނަތީޖާއަށް ފަހު އުމަރުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ޔާމީނުގެ ފަހަތްޕުޅުގައި އުމަރު މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ޔާމީނުގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކުވެސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އުމަރަކީ މުހިންމު ބޭފުޅެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ