ފްލޯ ކްރޮސިންގ ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭކަމަށް މަޖިލީހަށް ހުށަހެޅުމަކީ ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ އަމުރުތައް ހުއްދަ ކުރާ ކަމެއް ނޫން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލޯރ ކްރޮސިންގއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2017 ގައި ނިންމި މައްސަލަ ބާތިލް ކަމަށް ކަނޑައެޅުމުން އެކަމާގުޅިގެން ބަންޑާރަ ނާއިބު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާއިރު އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ފާސްކުރުމަކީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރުތައް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
Floor-crossing aa gulheygothun SC in 2017 gai nimmi massala baathilukamah kandaelhumun ekama gulhigen BandaraNaibu SC ah ‘dhusthoori’ massalaeh hushahalhaifaivairu,Anti-Defection Bill eh Majilis ah hushahalhi faaskurumakee SC in kurin nerefaiva Amuruthah hudhdha kuraa kameh noon! pic.twitter.com/2rFYnwkWRM
ރިއްފަތު މި ޓްވީޓް ކުރައްވާފައިވަނީ ނޮވެމްބަރ 28، 2012 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއް އެޓޭޗް ކުރައްވާފައެވެ. އެއަމުރުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޤާނޫން އަސާސީގެ ދަށުން ޤާއިމް ކުރެވިފައިވާ ދުސްތޫރީ ނިޒާމަކީ އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒް ނުފޯރުވޭ ގޮތައް ވަކިކުރެވިފައިވާ 3 ބާރުގެ މައްޗަށް އެކުލެވިގެންވާ ނިޒާމެއް ކަމަށާއި އެއިން އެއްވެސް ބާރަކަށް ޤާނޫން އަސާސީ ފަހަނައަޅާދިއުމާއި ޤާނޫން އަސާސީއާ ޚިލާފް ވުމުގެ އެއްވެސް ބާރެއް ނޯންނާނެ ކަމަށެވެ.
ދައުލަތުގެ ތިންބާރުގެ ތެރެއިން ބާރަކާ ނުވަތަ ދައުލަތުގެ މުއައްސަސާއަކާ ނުވަތަ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި ޚުސޫމަތުތައް ޙައްލުކުރުމުގެ އިޚްތިސާސް ޤާނޫން އަސާސީން މަތިކޮށްފައިވާ ފަރާތަކީ ޢަދްލު އިންސާފްގެ ބާރުކަމަށްވެފައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ޤާނޫން އަސާސީގައި ބަޔާންކޮށްފައިވާކަމަށް އެއަމުރުގައި ބުނެފައިވެއެވެ. އަދި ކޯޓުތަކުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުމަކީ ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުންގެ މައްޗަށް ލާޒިމް ކަމަކަށްވާއިރު އަމިއްލަ ފަރުދަކުވިއަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުގޭގެ މަސައްކަތާބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ޤާނޫން އަސާސީގައި ބުނެފައިވާ ކަމަށްވެސް އެ އަނ. އެހެންކަމުން ޝަރީޢތައް ހުށަހެޅިފައިވާ މައްސަލައަކާ ބެހޭގޮތުން އެމައްސަލައަކާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ބަހުސް ކުރުމާއި އަދި އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމުމާއި ފިޔަވަޅަެއް އެޅުމަކީވެސް ޝަރީޢަތައް ހުށަހެޅިފައިވާ މައްސަލައަކާމެދު ޝަރީޢަތުގެ ފަރާތުން ގޮތެއް ނިންމުމުގެ ކުރިން ޝަރީޢަތައް ނުފޫޒް ފޯރަފާނެ ނުވަތަ ޢަދްލު އިންސާފް ޤާއިމް ކުރުމަށް ހުރަސްއެޅިދާނެ ފަދަ ކޮންމެ ޢަމަލެއް ހުއްޓުވުމަކީ ޤާނޫން އަސާސީން ސުޕްރީމް ކޯޓަށް ލިބިގެންވާ ދުސްތޫރާއި ޤާނޫނުގެ ބެލެނިވެރިކަމުގެ ބާރުގެ ދަށުން މަނާ ކުރެވެންޖެހޭ ކަންތައްތަކަކަށް ވާތީއާއި ޝަރީޢަތައް ހުށަހެޅިފައިވާ މައްސަލައެއްގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެމައްސަލައަކަށް އަސަރު ފޯރަފާނެ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެއްވެސް ފަރާތަކުން ބަހުސް ކުރުމާއި އެއްވެސް ފިޔަވަޅެއް އެޅުމަކީ މަނާކަމެއްކަމަށް ސުޕްރީމް ކޯޓުގެ 2010/SC-C23 ނަމްބަރު އަމުރުގައި ސާފުކޮށް ކަނޑައެޅި ބަޔާންވެފައިވާތީ ޝަރީޢތައް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެމައްސަލައަކަށް އަސަރު ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ ޢަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާތިލް ކަމެއް ކަމަށާއި މިބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރުކުރާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑީގެ މައްސަލައިގާ ބަންޑާރަ ނާއިބު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި އެމައްސަލައިގާ މިހާތަނަށް ގޮތެއް ނިންމާފައި ނުވާއިރު އެމައްސަލައާ ގުޅޭގޮތުން ބާއްވަން އުޅުނު ފުރަތަމަ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް އެންޓި ޑިފެކްޝަންގެ ބިލް ހުށަހަޅާފައިވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފަހުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ގޮނޑިގެއްލޭ ބިލް މަޖިލީހަށް ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ އަމުރުތައް ހުއްދަ ކުރާކަމެއްނޫން: ރިއްފަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ