ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މާމާފުޅު ނިޔާވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަބްދުﷲ ޖިހާދުގެ މާމާފުޅު، ހައްވާފާނު ނިޔާވެއްޖެއެވެ.
ހައްވާފާނު ނިޔާވެފައިވަނީ އައިޖީއެމްއެޗުގައި އެޑިމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ހައްވާފާނު ނިޔާވިއިރު، އުމުރުފުޅަކީ 88 އަހަރެވެ. ހައްވާފާނަކީ، އިސްލާމިކް ޔުނިވސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމްގެ އަނބިކަނބަލުން އާފިޔާ ވަހީދުގެ ވެސް މާމާފުޅެވެ.
ހައްވާފާނު ނިޔާވިއިރު، ނައިބު ރައީސް ހުންނެވީ އިންވެސްޓްމެންޓް ފޯރަމް ފައްޓަވާ ދެއްވުމަށް ދުބާއީގައެވެ.
ހައްވާފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ