ދިހަ އަހަރު ކުރިން ރައީސް މައުމޫނު އަވަހާރަކޮށްލަން ދިން ހަމަލާގެ ހަނދާންތައް މިއަދު

މީގެ 10 އަހަރު ކުރިން 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް އަވަހާރަ ކޮށްލުމަށް ދިން ހަމަލާގެ ހަނދާންތައް ރައީސް މައުމޫނު މިއަދު އާކުރައްވައިފިއެވެ.
2008 ޖެނުއަރީ 8 ވަނަ ދުވަހު ހއ ހޯރަފުއްޓަށް ރައީސް މައުމޫނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް މައުމޫނު އަވަހާރަކޮށްލުމަށް ވަޅިން ހަމަލާދިނީ ސްކޫލް ދަރިވަރެކެވެ. ނަމަވެސް އޭނާގެ ހަމަލާއިން ރައީސް މައުމޫނަށް މާބޮޑުޒަހަމެއް ނުވެ ސަލާމަތްވެވަޑައިގެންނެވުނީ ހޯރަފުށީ ސްކޫލްގެ ސްކައުޓްދަރިވަރެއް އެހަމަލާހުއްޓުވަން ކުރި މަސައްކަތުންނެވެ.
ރައީސް މައުމޫނުގެ ގަމީސްކޮޅު ވީދި ބަނުޑުފުޅުގެ ޔެތޮހަން ކެނޑުނު އިރު ހަމަލާ ހުއްޓުވަން މަސައްކަތް ކުރި 15 އަހަރުގެ ސްކައުޓް ދަރިވަރުގެ އަތް ވަރަށް ބޮޑަށް ޒަހަމް ވިއެވެ.
އެ ހަމަލާގެ ހަނދާންތައް އާކުރައްވާ ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވިޓެއްގައިވަނީ އެހަމަލާއިން ސަލާމަތް ކޮށްދެއްވީތީ ﷲ އަށް ހަމްދުކުރައްވާފައެވެ.I thank Almighty Allah for having saved my life from a would be assassin’s knife at Hoarafushi 10 years ago today. pic.twitter.com/rZxkEMRBoQ— Maumoon Abdul Gayoom (@maumoonagayoom) January 8, 2018މީގެ އިތުރުން އެހަމަލާއިން ރައީސް މައުމޫނު ސަލާމަތްވުމަށް މެދުވެރިއަކަށްވި މުހައްމަދު ޖައިޝަމްގެ ހިތްވަރު ފާހަގަކޮށް ރައީސް މައުމޫނުވަނީ އޭނާއަށް ހެޔޮ ދުޢާވެސް ކޮށްފައެވެ.I recall even today with much appreciation the courage shown by the 15-year-old boyscout Mohamed Jaisham in protecting me that day 10 years ago. May Allah bless him! pic.twitter.com/oT2D8xBRVI— Maumoon Abdul Gayoom (@maumoonagayoom) January 8, 2018ރައީސް މައުމޫނަށް ހަމަލާދިން ޒުވާނާ ހއ ހޯރަފުށީ ކިނާރާ މުހައްމަދު މުރުޝިދުގެ މައްޗަށް މިމައްސަލާގައި 13 އަހަރު ދުވަހުގެ ޖަލުހުކުމެއްވަނީ ކޮށްފައެވެ. މުރުޝިދު ގެންދަނީ މިހާރުވެސް މި ހުކުމް ތަންފީޒު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ