ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫ، ބާޢީ އަކަށް ހެދުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެމުން އައި ހުވަފެނެއް ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ނަޝީދު ވަނީ މައުމޫން "މަގުފުރައްދާފަ" ކަމަށެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރެއްވުމަށް ސުޕްރީމް ކޯޓުން ކުރެއްވި އަމުރު ބަގާވާތެއްގެ ގޮތުގައި ސިފަ ކުރައްވައި ނިހާން ވިދާޅުވީ އެކަމުގައި މުޅިންހެން ބެދުނީ ރައީސް މައުމޫނާއި އެމަނިކުފާނުގެ އެކުވެރިން ކަމަށެވެ.
"އެންމެ ފަހުން ނިމިގެންދިޔަ މައްސަލަ މިއަކީ ރައީސް މައުމޫން ގޮޅިއަށް ފައްތާލަން ކެނެރީގޭ ނަޝީދާ އޭނާގެ ޓީމުގެ މީހުން ކުރި ނުރައްކާތެރި ޝައިތާނީ ވިސްނުންމެއް، އެ ދަލުގައި ރައީސް މައުމޫނާއި ރައީސް މައުމޫންގެ ޓީމް ޖެހިގެން ދިޔައީ. އެއީ ހިތާމައަކީ،" ނިހާން ވިދާޅުވި އެވެ.
ނިހާން ޕީޕީއެމް ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން މިހާރު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހިމެނެ އެވެ. ޝަރީއަތް ނިމެންދެން އެބޭފުޅުން ބައްދުގައި ބެހެއްޓުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
Maumoon aai Faris aan kureege CP ah terrorism ge dhauvaa
Mihaaru
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ޓެރަރިޒަމް ގެ ދައުވާ ކުރުންއެއީ ނަޝީދުގެ ރޭވުމެއްކަމަށް ސިފަކުރަމުން ނިހާން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވާ އެ ޕާޓީގެ ބޮޑެއް ނުހިމެނޭ ކަމަށެވެ. ހައްޔަރުކޮށްފައި މުޅިންވެސް ތިބީ މައުމޫނާއި އެމަނިކުފާނުގެ އާއިލާ ބޭފުޅުންގެ އިތުރުން ރަހުމަތްތެރިކަން ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެހާލު ރައީސް މައުމޫނަށް ޖެހިވަޑައިގަތީ ގައުމުދެކެ ލޯބިވުން ދޫކޮށްލުމުން ކަމަށެވެ.
ނަޝީދުގެ އާއިލާއަލީ 1953 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ހުރިހާ ބަޢާވާތެއްގައި ބައިވެރިވެފައިވާ ބައެއްކަމަށް ވިދާޅުވެ ނިހާން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
ރައީސް މައުމޫނަށް އިޝާރާތް ކުރައްވާ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބައެއް ބޭބޭފުޅުންގެ ވާހަކަ ދިވެހި ތާރީހުގެ ހުރިހާ ސޮފްހާތަކެއްގައިވެސް ލިޔެވިގެން ދާނެ ކަމަށެވެ. އޭގެ ތެރޭގައި ރަން ސޮފްހާތަކާއި ކަޅު ސޮފްހާތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މައުމޫން ބާޣީއަކަށް ހެދުމަކީ ނަޝީދުގެ ހުވަފެނެއް: ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ