ބ. އަތޮޅުގައި ހުޅުވި ފުރަތަމަ އިންޓަނޭޝަނަލް ޕްރީ ސްކޫލް ދަރަވަންދޫގައި ހުޅުވައި ކިޔަވައިދޭން ފަށައިފިއެވެ.
ދަރަވަންދޫގައި އިއްޔެ ހުޅުވި މި ޕްރީ ސްކޫލަކީ އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން އިގްރާ އިންޓަނޭޝަނަލްގެ ނަމުގައި އައިލެންޑާސް އެޑިއުކޭޝަނުން އަތޮޅުތެރޭގައި ހިންގަމުން އަންނަ ޕްރީ ސްކޫލްގެ ފަސްވަނަ ސުކޫލެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިގްރާ އިންޓަނޭޝަނަލްގެ ދަރަވަންދޫ ޕްރީ ސްކޫލްގެ ޒިންމާދާރު ވެރިޔާ ހުސެއިން ރަޒީނު ވިދާޅުވީ، އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލަކީ، ބައިނަލްއަގުވާާމީ ފެންވަރަށް، އެއް އަހަރާއި 10 މަހުން ފެށިގެން 6 އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވައިދޭ ސްކޫލެއް ކަމަށާއި ދަރަވަންދޫ ޕްރީ ސްކޫލްގައި ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާނީ ޕްރީ ސުކޫލާއި ނާސަރީ ލެވެލްއަށް ކަމަށެވެ.
ރަޒީނު ވިދާޅުވީ، އިގްރާ އިންޓަނޭޝަނަލްގެ ދަރަވަންދޫ ޕްރީ ސްކޫލްގައި އިއްޔެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށާފައިވަނީ 38 ދަރިވަރުންނާއި 2 ޓީޗަރުންނާ އެކުގައި ކަމަށެވެ.
އަގުހެޔޮކަމާއެކު ތައުލީމް އުނގަންނައިދިނުމުގެ މަގުސަދުގައި އައިލެންޑާސް އެޑިއުކޭޝަން ގްރޫޕޫން އެންމެ ފުރަތަމަ އިގްރާ އިންޓަނޭޝަނަލްގެ ޕްރީ ސުކޫލެއް ހުޅުވާފައިވަނީ ޅ. ނައިފަރުގައެވެ.
މީގެއިތުރުން ނ. މަނަދޫ، އދ. ދަނގެތި އަދި ގއ. ވިލިނގިލީގައިވެސް އިގްރާ އިންޓަނޭޝަނަލްގ ޕްރީސުކޫލްގެ ހިދުމަތް ދަރިވަރުންނަށް ދެމުން ގެންދާ ކަމަށް ރަޒީނު ވިދާޅުވިއެވެ.
ބ. އަތޮޅުގައި ހުޅުވި ފުރަތަމަ އިންޓަރނޭޝަނަލް ޕްރީ-ސްކޫލް ދަރަވަންދޫގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ