މިހާރު ތިބި ކައުންސިލަރުންގެ ދައުރުގެ ބޭރުން އިތުރު މުއްދަތަކަށް އެމީހުން މަޤާމުގައި ބޭއްތިއްބުމަށް ޤާނޫނު އަސާސީ އިޞްލާޙުކުރަން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުން މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މީގެ ކުރިން ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން މިމައްސަލަ ހުށަހެޅުމުން އެއީ ސުޕްރީމް ކޯޓަށް ގޮތެއް ނިންމެވޭނެ މައްސަލައެއް ނޫން ކަމުގައާއި، އެމައްސަލާގައި ގޮތެއް ނިންމޭނީ މަޖިލިހުން ކަމުގައި ރައީސް ނަޝީދާއި އެމްޑީޕީން އެއިރު ބުނިއެވެ. އެހިސާބުން މައްސަލަ ސުޕްރީމް ކޯޓުން ނަގައި އެމައްސަލަ މަޖިލިހަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހުށަހަޅާފައެވެ. މިފެށޭ ޖޫން މަހުގެ ތިންވަނަ ދުވަހުގައި ލޯކަލް ކައުންސިލުތަކުގައި ދައުރު ހަމަވާނެއެވެ. އަދިވެސް އެހިސާބުން އަންނަ ހުސްކަމާ ގުޅިގެން ކަންކުރާނެ ގޮތެއް ނިންމިފައިނުވެއެވެ. ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ޤާނޫނު އަސާސީއަށް އިޞްލާޙެއް ގެނައުމަށް ސަރުކާރުން މަޖިލިހަށް ހުށަހަޅާފައިވެއެވެ. އަދި ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ވަރަށް ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވެއެވެ. ނަމަވެސް ރޭގައި ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތުރީލައިން ވިޕެއް ނެރެފައިވެއެވެ. ނަމަވެސް މަޖިލިހުގެ ބައެއް އެމްޑީޕީ މެންބަރުންވަނީ އެވިޕާ އެއްގޮތަށް ވޯޓު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް މިހާރު ލިބިވަޑައިގަންނަވާ ޤާނޫނީ ލަފައަށް ބަލާއިރު ސުޕްރީމް ކޯޓުން ލަފައެއް ހޯދައިގެން މިމައްސަލަ ހައްލުކުރެވިދާނެ ކަމުގައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ލަފައަކަށް މިމައްސަލާގައި ހުށަހަޅަން ފެނިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކައުންސިލަރުންގެ ދައުރާމެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ރައީސް ނަޝީދު ތާއީދުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ