މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ތިން އަތޮޅަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމް ގޯސްވުމުގެ ސަބަބުން ޔެލޯ އެލާޓް ނެރެފައިވަނީ ފ، ދ، އަދި ތ އަތޮޅަށެވެ.
މިތިން އަތޮޅަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭގެ ، 22:30އިން މެންދަމުން އަލިވެ 1:30 އަށެވެ.
މީގެ އިތުރުން މިރޭގެ 20:00 އިންފެށިގެން މެންދަމުން އަލިވެ 2:00 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ހުރިހާ ސަރަހައްދަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިވިއްސާރައިގައި ވިދައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިބާރުވެފައި އެސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
އެހެންކަމުން ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.
މޫސުން ގޯސްވެ ތިން އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ