ސުޕްރީމް ކޯޓަށް ޢަލީ ރަޝީދާއި ޑރ.މުޙައްމަދު އިބްރާހީމް ޢައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަޤާމަށް ކުރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުންނެވި ޢަލީ ރަޝީދު ޙުސައިނާއި ޑރ.މުޙައްމަދު އިބްރާހީމް ޢައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުން މަޖިލިހުން ފާސްކޮށްފިއެވެ. މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ނެގި ޢަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރުމާމެދު ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވެވަޑައިގަތީ 61 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 55 މެންބަރުންވަނީ އޭނާ ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ފެންނަ ކަމުގައި ވޯޓު ދީފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އޭގެ އިތުރަށް ޑރ.މުޙައްމަދު އިބްރާހީމް ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ފެންނަ ނުފެންނަ ވޯޓުގައި މަޖިލިހުގެ ޙާޒިރުވެތިއްބެވީ 64 މެންބަރުންނެވެ. 63 މެންބަރުންގެ އަޣުލަބިއްޔަތުން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ވަނީ ފާސްވެފައެވެ. ސުޕްރީމް ކޯޓަށް ޢައްޔަންކުރަން މަޖިލިހުން މިއަދު ރުހުން ދިން ބޭފުޅުންގެ ތެރެއިން ޢަލީ ރަޝީދަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 5 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވެވި އެ ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިސް ޤާޟީއަކަށް އިންނެވި ޤާޟީއެވެ. ޢަލީ ރަޝީދުގެ ނަންފުޅު ސުޕްރީމް ކޯޓަށް ޢައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވުމުން އިދިކޮޅު ފަރާތްތަކުންވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އެއީ ރައީސް ޔާމީނުގެ މައްޗަށް ހުކުމްކުރުމަށް ހެދި "ޑީލެއް"ގެ ދަށުން ފޮނުއްވި ނަމެއް ކަމުގައި އިދިކޮޅުން ބުނެފައިވެއެވެ
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ