ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ދަންނަވަން ދަތިކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ވަން އޮންލައިން"އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މިނިސްޓަރ ޑރ.ޒާހިރު ވިދާޅުވި ގޮތުގައި ކިންގް ސަލްމާން މިސްކިތް ހުޅުވޭނެ ތާރީޚެއް ދަންނަވަން ދަތިކަމަށެވެ. ނަމަވެސް އެ މިސްކިތް ހުޅުވަން ދަތިވަނީ ދެ ސަބަބަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިސްކިތް ހުޅުވުމުގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާގެ ބޭފުޅުންނަށް ބައިވެރިނުވެވުމާއި، މިސްކިތުގެ މަސައްކަތް އެެއްކޮށް ނިންމުމަށް ކުރަންޖެހޭ ކަންތައްތަކެއް ހުރުން އެބޭފުޅާ ފާހަގަކުރެއްވިއެވެ.
އެގޮތުން މިސްކިތުގެ އޮޑިޓޯރިއަމާއި ބައެއް އެހެން ހިދުމަތްތަކަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ފަރުނީޗަރު ހޯދަންޖެހޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެ ފަރުނީޗަރުތަކަކީ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ނެތް ތަކެތި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ރާއްޖެއިން ބޭރުން އެތަކެތި ގެންނަން ޕްރޮޕޯސަލްތައް ހޯދާފައިވީނަމަވެސް، މި ދުވަސްވަރު އެފަދަ ބޮޑު ޚަރަދެއްކުރުމަށް ދަތިތަކެއް ހުރިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ފޮޓޯ: ސަން
ކިންގް ސަލްމާން މިސްކިތް ހުޅުވޭނެ ތާރީޚެއް ބުނަން ދަތި: ޑރ.އަހުމަދު ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ