އެމްޓީސީސީއިން ވިއްކާ ސުޒުކީ އަދި ޔަންމާ އިންޖީނުގެ އަގު "މާބޮޑަށްވެސް އަގުހެޔޮވެއްޖެ"

އެމްޓީސީސީ ކަށަވަރުން "މާބޮޑަށްވެސް އަގުހެޔޮވެއްޖެ" ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ. 
މިއީ ސަރުކާރުން އިމްޕޯޓް ޑިއުޓީތަކަށް ގެނައި ބަދަލާއި ގުޅިގެން، ސުޒުކީ އައުޓްބޯޑް އިންޖީނު އަދި ޔަންމާ އިންބޯޑު އިންޖީނުތަކުގެ އަގުތަކަށް ހެޔޮބަދަލެއް އައުމާއި ގުޅިގެން ފެށު ކެމްޕެއިނެއް ކަމަށް އެމްޓީސީއިން މައުލޫމާތު ދެއެވެ.
އެމްޓީސީސީއިން ވިދާޅުވާގޮތުން، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަށް އަބަދުވެސް ހޯދައިދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށްވުމާއެކު، އެކި އެކި ޕްރޮޑަކްޓްތަކުގެ ޕްރޮމޯޝަންތައް ކޮންމެ އަހަރަކުވެސް ބޭއްވުމާއި، ކަސްޓަމަރުންނަށް މުހިންމު މައުލޫމާތުތައް ފަސޭހަމަގަކުން އަބަދުވެސް ފޯރުކޮށްދިނުމަށް އެމްޓީސީސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުންވެސް، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމަށް ހަރަކާތްތައް ރާވާ ހިންގުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރެއެވެ.
އެމްޓީސީސީ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޕަބްލިކް ކުންފުންޏެވެ. ޔަންމާ އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ސިގްމާ އެންޓިފައުލިން ސިސްޓަމް، އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީވެސް އެމްޓީސީސީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ