މަންދޫ ރައްޔިތުން ނުކުމެ ރަށު ކައުންސިލް ބަންދުކޮށްފި

އދ.މަންދޫ ރައްޔިތުން ނުކުމެ އެރަށު ކައުންސިލް އިދާރާ މިއަދު ހެނދުނު ބަންދުކޮށްފިއެވެ.
މަންދޫ ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ބަންދުކޮށްފައި މިވަނީ އެރަށު ހުރިހާ ކައުންސިލް މެމްބަރުން ކަހަލަ ގޮތަކަށް ޗުއްޓީގައި ތިބުމުން ކަމަށް މައުލޫމާތު ލިބެއެވެ.
“ވަގުތަށް” މައުލޫމާތު ދެމުން މަންދޫ އިން ވާހަކަދެއްކި މީހަކު ބުނީ 2 ކައުންސިލަރުން ފިޔަވާ ހުރިހާ މެމްބަރުން ތިބީ ޗުއްޓީގައި ކަމަށެވެ. މިކަމުގެ ސަބަބުން ކައުންސިލްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށާއި، މަސައްކަތް ކުރެވޭނީ ޗުއްޓީގައި ތިބި މެމްބަރުން ނުކުތުމުން ކަމަށް މިހާރު ތިބި ދެ ކައުންސިލަރުން ބުނާ ކަމަށެވެ.
މަންދޫ ރައްޔިތުން ކައުންސިލް ބަންދު ކުރީ ދޮރުމަތީގައި ޖޯލި އަޅައިގެން އޭގައި އިށީނދެގެން ތިބެއެވެ. އަދި ކައުންސިލް ހުޅުވަން އައުމުން އެެރަށު ރައްޔިތުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ.
އެގޮތުން ހެނދުނު 8 ޖެހުމުގެ ކުރިން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނުކުމެ ކައުންސިލް ދޮށަށް އެއްވި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން މިހާރު ކައުންސިލް އިދާރާ ކައިރީގައި އަންނަނި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުންގެ އެހީތެރިކަމާއި އެކު އެއްވެފައިވާ ރައްޔިތުން ދުރަށް ޖެއްސުމަށްފަހު މެންދުރު 12:50 ހާއިރު ވަނީ ކައުންސިލް ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ