ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކޮށް އެއްބައިވަންތަވާން ޖެހޭ - މައުމޫން

ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ) ގެ ހަޔާތްޕުޅުން އެންމެހާ މުސްލިމުން އިބުރަތް ހާސިލުކޮށް އެއްބައިވަންތަކާމާއި ހަމަހަމަކަމަށް ހުރުމަތްތެރިކޮށް ހިތުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ގޮވާލައިފިއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބެއްގައެވެ. މައުމޫން ވަނީީ، ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ހާސިލުކޮށް ދިވެހިންގެ މެދުގައިވާ އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަ މަސްލަހަތު ދެމެހެއްޓުމުގެ މަތިވެރި އަޒުމް އިތުރަށް ވަރުގަދަ ކުރަމަށް އެންމެހާ ދިވެހިނަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ، ރަސޫލާގެ ސީރަތްޕުޅަށް ނަޒަރު ހިންގާލުމުން ސާބިތުވެގެންދަނީ އޯގާތެރިކަން ނުވަތަ އެންމެންނަށް ރަހުމް ކުރެއްވުމުގެ މާތް ސިފަފުޅު ކަމަށެވެ.
"ވަކިން ހާއްސަކޮށް އެންމެންނާމެދުވެސް އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުމެވެ. އަޅުގަނޑުމެންނަކީ އެންމެންނަށްވެސް އޯގާތެރިވާ އެންމެންނަށްވެސް ރަހުމް ކުރާ، އެންމެންނަށްވެސް ކަމޭހިތާ، އެއްވެސް މީހަކާމެދު ކުޑައިމިސް ބަހެއް ނުބުނާ އިހްސާންތެރި ބަޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ،" ރައީސް މައުމޫންގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް މައުމޫން ފޮނުއްވެވި ހިތާބުގައި ވަނީ މިމާތް ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ކީރިތި ރަސޫލާގެ ވަސްމީރު ޒިކުރާއިން އެންމެހާ މުސްލިމުން އިބުރަތްތެރި ފިލާވަޅުތަކެއް ހާސިލް ކުރުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ