އެމް7 ސްކޫލް ބުކްލިސްޓް ޕްރޮމޯ 2020 ކުޅުދުއްފުށީގައި ފަށައިފި

އެމްސެވަން ސްކޫލް ބުކްލިސްޓް ޕްރޮމޯ 2020 ކުޅުދުއްފުށީގައި ފަށައިފި
ހދ. ކުޅުދުއްފުށި "ހޮނިހިރު ބާޒާރު" ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯ އިފްތިތާޙް ކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް އަލީ އެވެ.
އެމްސެވަން ސްކޫލް ބުކްލިސްޓް ޕްރޮމޯ 2020 އިފްތިތާޙްކޮށްދެއްވާ އާދަމް އަލީ ވިދާޅުވީ އެމްސެވަން ސްކޫލް ސީޒަން ވޭތުވެދިޔަ ތިން އަހަރު ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާ، އެ ޕްރޮމޯ ތަކުގެ ސަބަބުން އެމްސެވަން ގެ ހިދުމަތަށާއި ސްޓޭޝަނަރީތަކަށް ކުރާ އިތުބާރު ބޮޑުވެފައިވާކަމަށެވެ.
މި ރަސްމިއްޔާތުގައި އެމްސެވަން ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ ކުޅުދައްފުށީގައި މިފަހަރުގެ ސީޒަން ފެށީ މި ފަހަރުގެ ޕްރޮމޯ ހާއްސަކޮށްފައިވަނީ ޖަޒީރާ ތީމަށްކަމަށްވާތީ، އަތޮޅުތެރޭގެ ރަށެއްގައި ބޭއްވުމުގެ ގޮތުންކަމަށެވެ.
ސައްތާރު ވިދާޅުވީ އަތޮޅުތެރޭގެ އެހެން ރަށްތަކަށްވެސް ޒިޔާރާތް ކުރުމާށް ހަމަޖެހިފައިވާކަމަށާއި އަދި މިހާރުވެސް ގިނަ ރަށްތަކެއްގައި އެމްސެވަންގެ އެޖެންޓުން ތިބޭނެކަމަށެވެ.
އެމްސެވަން ގެ ފޮތް ސީޒަންގައި ފޮތް ލިސްޓް ނަގަން ބޭނުންވާ ފަރާތްތައްކަށް ނަން ނޯޓްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ފޮތް ލިސްޓް ވިއްކަން ފަށާނީ ނޮވެމްބަރު މަހު ސްކޫލް ބަންދުވުމުންނެވެ.
އެމްސެވަން ޕްރިންޓަކީ ރާއްޖޭގެ ބައެއް ޓެކްސްޓް ފޮތްތައް ލިޔެ އުފައްދާ މަޝްހޫރު އަދި މަޤްބޫލު ޗާޕްޚާނާ އެކެވެ. އަދި އެމްސެވަން ގެ ބުކްސްޓޯރުން ވިއްކާ މޮނިޓަރ ފޮތާއި ސްޓޭޝަނަރީއަކީ ފެންވަރު ރަނގަޅު ތަކެއްޗެވެ. އަދިފޮތް ލިސްޓްތައް ރީތި ޕެކޭޖެއްގައި ފުރަތަމަ ވިއްކަން ފެށީ ވެސް އެމްސެވަން ބުކްޝޮޕުންނެވެ. އެގޮތުން މިފަހަރު ވެސް ފޮތްތައް ދޫކުރާނީ ރީތި ޕެކޭޖެއްގައި ކަމަށް އެމެސެވަން އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ