ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެތީ ކ. އަތޮޅާއި އ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
އެސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 1:45 އިން ފެށިގެން 16:45 އަށެވެ.
އެ އިދާރާއިން ބުނީ، ވައިޖެހޭނީ އިރު އުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
މިއަދު ހެނދުނު ވަނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އ. އަތޮޅާއި ދެމެދަށް ވެސް ވައިޓް އެލާޓް ވެސް ނެރެފައެވެ.
މޫސުން ގޯސްވެ މާލެ އަތޮޅާއި އ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ