މައުމޫނު ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ޙިލްމީ ހައްޔަރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ހުސެއިން ހިލްމީ ހައްޔަރުކޮށްފިއެވެ.ކޯޓު އަމުރެއްގެ ދަށުން  ހިލްމީ ހައްޔަރުކޮސްފައިވަނި ބައުްނސް ޗެކްތަކެއްގެ މައްސަލައިގައެވެ. ހައްޔަރުކޮށްފައި ވާއިރު 2017 ވަނަ އަހަރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ވެސް އޭނާގެ މައްޗަށް ކޯޓުން ޙުކުމް ކުރިއެވެ. އެފައިސާ ބަހާލައިގެން ދައްކަން އޭނާ ވަނީ ކޯޓުގައި އެއްބަސްވެސް ވެފައެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ދެއްކެވި ކަމެއް އަދި ނުދައްކާ ކަމެއްވެސް ސާފުވެފައިނުވާއިރު، މިވަގުތު ހިލްމީ ފުލުހުންގެ ހައްޔަރުގައި ހުރީ ކޮން ފަރާތަކަށް ބައުންސް ޗެކްތަކެއް ދޫކުރި މައްސަލައިގައި ކަމެއް އަދިވަނީ ސާފުވާ ގޮތް ނުވެފައެވެ.ހުސައިން ހިލްމީގެ ހިއްސާދާރުކަން އޮންނަ ސަންލޭންޑް ޓްރެވަލްސް އަކީ ރާއްޖޭގައި ރިސޯޓުތައް ހިންގަމުން އަންނަ ކުންފުންޏެވެ. އަދި އެކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާތާ  30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ