ރައީސް މައުމޫނު ރާއްޖެ ވަޑައިގަންނަވައިފި

މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ބޭސްފަރުވާއަށް ރައީސް މައުމޫނު މެލޭޝިއާއަށް ވަޑައިގަންނަވާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.My wife and I are pleased to be back home after our private visit to KL, Malaysia. We thank MRM members, friends, supporters and all well-wishers who turned out to greet us.— Maumoon Abdul Gayoom (@maumoonagayoom) November 14, 2018ރާއްޖެ ވަޑައިގެން ރައީސް މައުމޫނުވަނީ ދެންނެވި މަރުހަބާއަށް ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ފުރާ ވަޑައިގެންނެވުމުގެ ކުރިން ރައީސް މައުމޫނުވަނީ އަށް މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވުމުން ބޭސްފަރުވާއަށް ބޭނުންވާނެ ނޫންތޯ ސުވާލު ކުރައްވާފައެވެ.
ރައީސް މައުމޫނު މެލޭޝިއާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވާ މިރޭ ރާއްޖެވަޑައިގެންނެވިއިރު އަނބިކަނބަލުން އަދި ކުރީގެ ފަސްޓްލޭޑީ މެޑަމް ނަސްރީނާ އިބްރާހިމްވެސް އަރުހުގައި ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ