ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ތިން ވަނަ އެޑްވައިޒަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރިޔާޒް އިސްތިއުފާ ދެއްވުމާއި ހަމައަށް އެމަޤާމުގައި އޭނާއަކު ދެން ތިއްބެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
ޖުމްހޫރީޕާޓީގެ ލީޑަރުގެ އެޑްވައިޒަރަކީ، ޕާޓީ ތަރައްގީކޮށް ކުރިއެރުވުމާއި ޕާޓީއަށް ސިޔާސީ ކުރިއެރުން ހޯދުމުގައި ޕާޓީގެ ލީޑަރަށް ބޭނުންވާ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދީ އަދި މަގާމުގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޝަރަފުވެރި އިއްޒަތްތެރިއެކެވެ.
ރިޔާޒް އެމަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ މަޤާމުން އިސްތިއުފާ ދެއްވުމަށް އޭނާ ނިންމެވީ ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކަށް އައްޔަން ކުރައްވާފައިވާތީއެވެ.
ޖުމްހޫރީޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ރިޔާޒް ހަމަޖެއްސެވީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އޮތް އެޕާޓީގެ ޕީޖީ ގްރޫޕްގެ އިންތިޚާބުގައެވެ. ކުރިން އެމަޤާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އިބްރާހިމްއެވެ. ނަމަވެސް ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ މަޤާމަށް ޤާސިމް އިންތިޚާބުވުމުން ޖޭޕީގެ ޕީޖީ ލީޑަރުގެ މަޤާމުން ޤާސިމް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ރިޔާޒު ކުރިން ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގަ އެވެ. ނަމަވެސް ޖަލު ބަންދުގައި ހުއްޓައި އޭނާގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ