ޗައިނާ ސަފީރު ރައީސް މައުމޫން އާ ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލިޒޯންގ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫނުގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިބައްދަލުކުރެއްވުމުގައި ކުރިއަށް އޮތްތަނުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
ޗައިނާ ސަރުކާރުން ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ރާއްޖެއަށް ބޮޑެތި އެހީތައް ވެދީފައެވެ. އެގޮތުން މާލޭގައި ނަރުދަމާ ޤާޒިމްކޮށް ދިނުމާއި މާލޭގައި ސިނަމާލެ އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިލޭ ފްލެޓްތައް އަޅައިދިނުން ފަދަ ބޮޑެތި މަޝްރޫޢުތައް ފާހަގަކުރެވެއެވެ.
ޗައިނާގެ ހިލޭ އެހީގެދަށުން އަޅައިދީފައިވާ ދިވެހި ޚާރިޖިއްޔާ ހިންގާ އިމާރާތް އެޅުމާއި ޤައުމީ ކުތުބުޚާނާ އާއި ދާރުލްއާޘާރު އެޅުމުގެ ކަންކަން ވެސް ރޭވިގެން އައީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ