ދިރާގު ރޯޑް ރޭހުގައި ބައިވެރިވި ޖަމުއިއްޔާތަކަށް ފައިސާ ހަދިޔާ ކޮށްފި
ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް އެކުންފުންޏާއި، ދުވުންތެރިންގެ ފަރާތުން މި އަހަރުގެ ރޭހުގައި ބައިވެރިވި އެންޖީއޯ ތަކަށް ހަ ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.ދިރާގު ރޯޑް ރޭހަކީ، ކުޑަކުދިން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމުއިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމްކޮށްދިނުމުގެ ގޮތުން ދިރާގުން ކޮންމެ އަހަރަކުވެސް ބާއްވާ ހަރަކާތެކެވެ. ދިރާގުން ބުނީ، އެފަދަ އެފަދަ ޖަމުއިއްޔާތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތު ހޯދައި ދިނުމަކީވެސް އެހަރަކާތް އިންތިޒާމް ކުރުމުގެ މަޤްސަދެއް ކަމަށެވެ. 2007 ވަނަ އަހަރު ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާތާ މިއީ 12 ވަނަ އަހަރެވެ. ވޭތުވެދިޔަ 7 އަހަރު ދިރާގު ރޯޑް ރޭހުގެ ޝިއާރަކީ ކުޑަކުދިން ހިމާޔަތް ކުރުމާއި ރައްކާތެރިކުރުމެވެ. ކޮންމެ އަހަރަކުވެސް އެހަރަކާތުގައި ބައިވެރިވާ ދުވުންތެރިން ގަންނަ ޓީޝާޓު ވިއްކައިގެން ލިބޭ ފައިސާގެ ސަތޭކަ އިންސައްތަ ރޯޑް ރޭހުގައި ބައިވެރިވާ ޖަމުއިއްޔާތަކަށް ހަދިޔާ ކުރެއެވެ. ދިރާގުން ބުނީ އެކުންފުނިން ބާއްވާ ރޯޑް ރޭހަށް ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭ ކަމަށެވެ. އެގޮތުން މިއަހަރު ބޭއްވި ރޭހުގައި އެކަނިވެސް ހަތަރު ހާހަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ