ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮށްފައިވާ ދައުވާއިން މާ ލަސްތަކެއް ނުވެ އެމަނިކުފާނު މުޅިން ބަރީއަވެ ވަޑައިގަންނަވާނެ ކަން ޔަގީން ކުރާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
R Nasheedh Ah varah hoonu maruhabaa dhannavan e ee SC in emanikufaanu hoah dhevi kaamiyaabee ah . Maalasthakehnuve R Nasheedh ge mahchah ufulaafaivaa mi nuhahgu dhauvaain mulhin bareea ve vadaigan navaa ne kamah yaqeen kuran . Maruhabaa R Nasheedh .— Qasim Ibrahim (@qasimibrahim) October 31, 2018
ކުރީގެ ރައީސް ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އިއްޔެއެވެ. ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރެފައި މިވަނީ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމް މުރާޖައާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން އެދުމާއި ގުޅިގެންނެވެ.
އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް ޕީޖީން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ރައީސް ނަޝީދާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، އިއާދަ ނުކުރެވޭނެ ފަދަ ގެއްލުން ރައީސް ނަޝީދަށް ކުރިމަތިވުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށް ޕީޖީން އެދުނު ވަގުތީ އަމުރުގައި ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި، ރައީސް ނަޝީދާ މެދު ދައުލަތުގެ އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ އަނގާ އަމުރުކޮށްފައިވެއެވެ.
ނަޝީދަށް ކޮށްފައިވާ ދައުވާއިން ބަރީއަވާނެ ކަމަށް ޔަގީން ކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ