މޫސުން ގޯސްވެ، 14 އަތޮޅަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، 14 އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެެރެފިއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ ވައިޓް އެލާޓް ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 1:00 ގެ ނިޔަލަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ، އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާ 13 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުތެރެއާއި ދެކުނު އަތޮޅުތަަށް ހުުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 17 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާއިރު އެއިދާރާއިން އިތުރަށް ބުނީ، ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ކެރިގަނޑުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ