ރައީސް މައުމޫން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

މައުމޫންގެ ޕްރެސް ކޮންފަރެންސް ނިންމާލައިފި.
ޕާޓީ އިސްލާހު ކުރުމަށް ކުރާ ކަންކަމުގައި ޕާޓީގެ ގުނަންތަކުގެ އާންމު މެންބަރުންގެ އެހީތެރިކަން ބޭނުން.
- ޕާޓީގެ އަސާސީ ގަވައިދާއި މަގުސަދާ އުސޫލުތަކާއި އެއްގޮތަށް ކަންކަން ކުރަން ޕާޓީގެ ބޭފުޅުންނަށް ބާރު އެޅުން
- ގައުމުގައި ހިންގާ ކަންކަން މިނިވަންކަމާއެކު ޕާޓީގެ ލީޑަޝިޕާ ހިއްސާކުރުން
- 2018 ގެ އިންތިހާބަށް ކަންކަން ކުރުމަށްޓަކައި ކުރަން ބޭނުންވާ ކަންކަން ހުށަހަޅައިިދިނުން
މިކަންކަން ކުރެވުނިއްޔާ 2018 ގެ އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. އަދި ޕާޓީއަށް ދިމާވެފައި މިވާ މައްސަލަތައް ހައްލުވާނެ. އަޅުގަނޑު ނުގުނޑާ އަޒުމެއްގައި މިމަސައްކަތުގައި ހުންނާނަން.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މިއަދު ކަންކަން އެބަދޭ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ހިލާފަށްވެސް މިއަދު ކަންކަން އެބަ ހިނގާ. ގާނޫނުތަކަށް ކޮންމެހެން ބޭނުން ނުވާ އެންމެ ރަނގަޅު ނޫން އެތައް އިސްލާހެއް އެބަގެނޭ. ޝަރުއީ ދާއިރާގައި ބޮޑެތި މައްސަލަތައް ސުވާލު އުފެދޭ ގޮތަށް އެބަ ނިމޭ. އަޅުގަނޑު ކަންކަން ރަނގަޅު ކުރަން ވަރަށް މަސައްކަތް ކޮށްފިން. ޕީޕީއެމްގައި މައްސަލަތަކެއް ހުރުމުން ޕާޓީ އިސްލާހުކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިފިން. ޕާޓީގެ މަގުސަދަށް އަލުން ރުޖޫއަކުރުން ބޭނުމަކީ. ޕާޓީގެ ނައިބް ރައީސް ޖެހޭނީ ޕާޓީގެ އުސޫލާ އެއްގޮތަށް ކަންކަން ކުރަން. ޕާޓީއަށް ހުރި ފިއްތުއްތައް ވެސް އެބަޖެހޭ ބަލަން. ޕާޓީގެ އާންމު މެންބަރުންނަށް ކަންކަން އަންގާނީ ޕާޓީގެ މައި އޮފީހުން. އެެގޮތަށް ކަންކަން އެބަޖެހޭ ހިނގަން. އާންމު މެންބަރުންގެ ހިޔާލު މިހާރަށް ވުރެ ބޮޑަށް ހޯދަން ޖެހޭ. އޭރުން 2017 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ކަންކަން ކުރެވޭނޭ. މަޝްވަރާ މަޖިލީހެއް މިއަދު އުފައްްދައިފިން. މި މަޖިލީހުގައި އަޅުގަނޑާއި އެކު އަށް މެންބަރުން ތިބޭނެ.
އެ ޕެޓިޝަން އަޅުގަނޑަށް ލިބުނަސް އެއީ ސައްހަ ޕެޓިޝަނެއް ކަން ގަބޫލުކުރަން ދަތި. އެގޮތަށް ގަބޫކުރަނީ ބައެއް ބޭފުޅުން މަޖުބޫރީ ހާލަތުގައި ޕެޓިޝަންގައި ސޮއިކޮށްފައިވާތީ ކަމަށް މައުމޫން ވިދާޅުވި.
މިޕާޓީއާ ގައުމަށް ގެއްލުންވާ ގޮތަށް އިއްޔެ މިޕާޓީގެ މަޖިލިސް މެންބަރުންތަކެއް ވަނީ މަޖިލީހުގައި އަމަލުކޮށްފައި. މިޕާޓީ ހިންގަނީ މި އޮފީހަކުންތޯ ނުވަތަ އެހެން އޮފީހަކުންތޯ މެންބަރުން ސުވާލުކުރޭ. މިޕާޓީގެ ބައެއް ލިޔުންތައް އަޅުގަނޑަށް ފޮނުވި ނަމަވެސް ލިޔުމެއް ނުލިބޭ. އަދި ގޮފިތައް ވެސް ރަޖިސްޓްރީކުރަން ހުށަހެޅީމާ އެލިޔުންތައް ވެސް ނުލިބި ރަޖިސްޓްރީ ނުވެފައި އެބަހުރި. މިދޭތެރެއަކުން އަޅުގަނޑަށް ފޮނުވި ކަމަށް މީޑީއާ އިން ބުނާ ޕެޓިޝަން އަޅުގަނޑަކަށް ނުލިބޭ. ބައެއް ކަންކަން ބައެއް ކައުންސިލް މެންބަރުން އަޅުގަނޑާ ސިއްރުން ކަންކަން ކުރޭ.
ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަށް އަޅުގަނޑު ލިޔުމުން ދެންނެވި ކަންކަމާ އޭނާ ވަނީ ހިލާފުވެފައި. އަދި އެންގުމާ ހިލާފަށް ވިޕްލައިން ވަނީ ނެރެފައި. އެއީ ސައްހަ ނިންމުންތަކަކަށް ނުވާނެ. އެގޮތަށް ކަންކަން ނިންމުމުން މުޅި ގައުމަށް އެ ގެއްލުން ވަނީ. ބިޑްނުކޮށް ފަޅުތައް ރަށްތައް ކުއްޔަށް ދިނުމަކީ ކަނޑައެޅިގެން މިޕާޓީގެ އަސާސީގެ ގަވާއިދާ ހިލާފު ނިންމުމެއް.
މި ޕާޓީގެ ގޮފިތައް މުޅި ރާއްޖޭގައި ގާއިމްކުރެވިއްޖެ. މިޕާޓީގެ ސަރުކާރެއް 2013 ގައި ވެރިކަމާ ހަވާލުވެއްޖެ. އެކަމަކު މި ޕާޓީގެ ތަސައްވުރު މިހާރު މިވަނީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކިލަނބުވެފައި. މިއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. މިހެން މިވީ ޕާޓީގެ އެތެރޭގެ ޑިސްޕްލިން ގެއްލުމުން. އެހެންވީ އަސާސީ ގަވައިދާ ހިލާފަށް ކަންކަން ނުވާތީ. ޕާޓީގެ ގުނަވަންތަކަށް އެންމެ ރަނގަޅަށް ފިޔަވަޅުތައް ނޭޅޭތީ މިހެން މިވީ.
މިއީ ޕްރޮގްރެސިވް ޕާޓީއަށް ގޮންޖެހުންތަކެއް ހުރި ދުވަސްވަރެއް. މި ޕާޓީ އުފެއްދީ ވަރަށް ރަނގަޅު މަގުސަދުތަކެއް ހާސިލްކުރަން.
ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވާ ޕްރެސްކޮންފަރެންސް ފަށައިިފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ