ރައްޔިތުން އިންތިހާބުކުރި ގޮތަށް ރައީސް ޔާމީނަށް ވެރިކަން ނުކުރެއްވުނު ކަމަށާއި ވޯޓު ހޯއްދަވަން ރައްޔިތުންގެ ގާތަށް އެ މަނިކުފާނު ވަޑައިގަތުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސް އަދި މިހާރު އިދިކޮޅު ކޯލިޝަންގެ ލީޑަރު މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެގޮތުން ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އެއްވެސް މީހަކު ގޮވައިގެން އުޅުއްވަން ނޭނގުނު ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރި ގޮތަށް ވެރިކަން ނުކުރެވުނު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ މަނިކުފާނަކީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ހަމަ އެއާ އެކު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމުން ރައްޔިތުންގެ ހައްގުތަކަށް ވީ ގޮތާ މެދު ވެސް ވިސްނަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އަނބިމީހާވެސް ގެއަށް ފައިސާ ގެންނަ ގޮތް އޮޅުން ފިލުވާނުލާ ކަމަށް ވިދާޅުވީ ކާކުތޯ ކަމަށް ސުވާލު ކުރައްވާފައިވެއެވެ.
ޑރ. ޖަމީލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދެއްވަން ޖެހެ އެވެ. އެގޮތުން ޕީޕީއެމްގެ ކައުންސިލު މެމްބަރުން ތަކެއް އެ ލިއުމުގައި ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރައްޔިތުން އިންތިހާބުކުރި ގޮތަށް ރައީސް ޔާމީނަށް ވެރިކަން ނުކުރެއްވުނު - ޑރ. ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ