މެމްބަރު ފައިސަލް ހުށަހެޅުއްވި ބިލްތައް މަޖިލީހުން ބޭރުކޮށްލައިފި

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހުށަހެޅުއްވި ދެ ބިލެއް ކަމުގައިވާ ބިދޭސީން ބޭންކު އެކައުންޓް ހުޅުވަންޖެހޭ މުއްދަތު ހަ މަހަށް ފަސް ކުރުމަށާއި ރިސޯޓު މެނޭޖުމަންޓް ދާއިރާގެ ވަޒީފާގެ 50 ޕަސެންޓް ދިވެހިންނަށް ހާއްސަ ކުރުމުގެ ބިލްތައް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.
އެ ދެ ބިލް ބޭރުކޮށްލާފައިވަނީ ވޯޓަށް އެހުމަށްފަހު ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ ވޯޓުންނެވެ.
އެ ބިލްއާމެދު ބަހުސްކުރުމާ ދެކޮޅަށް 21 މެމްބަރަކު ވޯޓު ދެއްވިއިރު، އެ ބިލު ބަހުސް ކުރިއަށް ގެންދިއުމަށް ހަތް މެމްބަރަކު ވޯޓު ވަނީ ދެއްވާފައެވެ.
އެ ބިލް މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން ފައިސަލް ވިދާޅުވީ އެ ދެ ބިލު ބޭރުކޮށްލުމުގައި މަޖިލީހުގެ ރައީސް އަމަލު ކުރައްވާފައި ވަނީ "ހުދުމުހުތާރު" ގޮތަކަށް ކަމަށެވެ. އެ ދެ ބިލު ބަހުސް މަރުހަލާ ކުރިއަށް ގެންދަން ފެނޭތޯ ބަލަން ވޯޓަށް އެއްސެވިއިރު، ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ