ޔޫޓިއުބްގައި މިހާރު އެއްމެ މަޝްހޫރު ކުއްޖަކީ މިއީ، އަޕްލޯޑްކުރާ ވީޑިއޯތަކުން މަހަކު އެއްމިލިޔަން ޑޮލަރު ހޯދާ  !

ވީޑިއޯއިން އެ ފެންނަ އެއްމެ ފަސް އަހަރުގެ ރަޔާން އަކީ މިހާރު ޔޫޓިއުބްގައި އެއްމެ މަގްބޫލު އަދި އެއްމެ މަޝްހޫރު ކުއްޖާއަށް މިވަނީ ވެފަ އެވެ. އަދި ޔޫޓިއުބް މެދުވެރިކޮށް އެއްމެ ގިނަ ލާރި ހޯދާ ކުއްޖާއަށްވެސް މިވަނީ ވެފަ އެވެ.
ރަޔާން ނަމަކަށް ކިޔާ މިކުއްޖާގެ މަންމަ ހަދާފައިވާ ޔޫޓިއުބް ޗެނަލަށް ކިޔަނީ ރަޔާންސް ޓޯއީ ރިވިއު އެވެ. އެ ޗެނަލްގައި މުޅިންވެސް ހުންނަނީ ކުޅޭތަކެތި ގަތުމަށްފަހު އެތަކެތި ކެނޑުމަށްފަހު އެތަކެއްޗާއި ބެހޭގޮތުން ރަޔާން ދައްކާ ވާހަކަތަކެވެ.
ނަން ހާމަނުކޮށް ބައިނަލްއަގްވާމީ މީޑިއާގައި ރަޔާންގެ މަންމަ ބުނެފައިވަނީ 2015 ވަނަ އަހަރު އެ ޔޫޓިއުބް ޗެނަލް ފެށީ އެހާ ބޮޑު މަގްބޫލުކަމެއް ލިބޭނެ ކަމުގެ އުންމީދުގައި ނޫން ކަމަށާއި އެހެންނަމަވެސް މިހާރު އެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މަހަކު ގާތްގަނޑަކަށް އެއް މިލިޔަން ޑޮލަރު ލިބޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އެތައް މިލިޔަން ބަޔަކު ރަޔާންގެ ވީޑިއޯތައް ބަލާކަމުގައިވެސް އޭނާގެ މަންމަ ބުނެފައި ވެ އެވެ.
ޔޫޓިއުބްގައި ފައިސާ ލިބެނީ އަޕްލޯޑްކުރާ ވީޑިއޯތައް ބަލާ މީހުންގެ އަދަދު އިތުރުވުމާއެކު އިސްތިހާރުކުރާ ފަރާތްތަކުގެ އިސްތިހާރު ވީޑިއޯތަކުގެއި ހިމެނުމަށް ޔޫޓިއުބުން ގާއިމްކޮށްފައިވާ މެކޭނިޒަމެއްގެ ތެރެއިން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ