މަސްތުވާތަކެތީ ރާއްޖެ އެތެރެކޮށް އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދަނިކޮށް މިދިޔަ މަހުގެ 20 ވަނަ ދުވަހު މ.ޒިލިއަން ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއަ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.
ފުލުހުން ބުނީ ޒިލިއަން ގެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރީ 20 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ އަންހެނެއްގެ ކަމަށާއި އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނީ ކުރިން ދިން މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ގެންދިޔުމުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި 6 މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު ވެސް އިތުރުކޮށްދީފައެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ 10 ދުވަހަށެވެ.މީގެ އިތުރުން މިދިޔަ ހުކުރު ދުވަސް މި މައްސަލައިގައި ހައްޔަރުކުރި 53 އަހަރުގެ ފިރިހެނެއްގެ ބަންދުގެ މުއްދަތު ވަނީ މިދޔަ ހުކުރު ދުވަހުވެސް ވަނީ އިތުރުކޮށްދީފައެވެ.
މ. ޒިލިއަންގެ ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި -/140،000 (ސަތޭކަ ސާޅީސް ހާސް) އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި -/11،000 (އެގާރަ ހާސް) އަށްވުރެ ގިނަ ޔޫ އެސް ޑޮލަރުގެ އިތުރުން ރާއްޖެ އެތެރެ ކުރުމާއި ޕެޓެއްގެ ގޮތުގައި ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުންމަނާ ޖަނަވާރެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ.
އަދި ޒިލިއަންގެއާ ގުޅުން ހުރި ކަމަށް ތުހުމަތުވާ ދެގުދަނަކަށް ވަދެ ގިނަ އަދަދެއްގެ ކަނޑިތަކެއް ފުލުހުން ހޯދާފައިވެ އެވ
ޒިލިއަން ގެއިން ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ