އެމްއެމްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްސީގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުލުވާލައިފައި މިވަނީ އެމްއެމްސީގައި މިހާރު ތިއްބެވި މެންބަރުންގެ ދައުރު މިމަހަށް ހަމަވާތީ އެވެ.
އެމްއެމްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ. އެމްއެމްސީގެ މެމްބަރު ކަމަށް މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެ ފަރާތެއް ތަމްސީލުކުރާ މީޑިއާގެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.
އެމްއެމްސީ އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިއާ ތަކުން ކައުންސިލަށް އިންތިހާބު ކުރާ އަށް މެންބަރުންނާއި އާންމުންގެ ފަރާތުން އިންތިހާބުކުރާ ހަތް މެންބަރުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަށް މެމްބަރުން ހޮވަނީ ދެ އަހަރުގެ މުއްދަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ