ޕޮލިސް ޓްރޭނިން ކޯހުގެ ދެ ބުރަކުން 315 ސެޓްފިކެޓް ހާސިލްކޮށްފި

ޕޮލިސް ޓްރޭނިން ކޯހުގެ 17 ވަނަ ބުރާއި 18 ވަނަ ބުރުން 315 ފުލުހަކު ސެޓްފިކެޓް ހާސިލްކޮށްފި އެވެ.
ސެޓްފިކެޓް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސެޓްފިކެޓް ދެއްވީ ޝަރަފްވެރި މެހެމާން، މިނިސްޓަ އޮފް ހޯމް އެފެއާޒް އަބްދުﷲ ކަމާލުއްދީނެވެ.
އައްޑޫގައި ހުންނަ ޕޮލިސް ރެކްރޫޓް ޓްރނިން ސްކޫލްގައި ހިންގި 17 ވަނަ ބުރުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައި ވަނީ ކޮންސްޓަބަލް ފަރުހާދު އިބްރާހިމް ދީދީ އެވެ. އަދި ޅ. މަޑިވަރުގައި ހުންނަ ޓްރެއިނިން ސްކޫލްގައި ހިންގި 18 ވަނަ ބުރުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އަހުމަދު ސައްފާހް އީސާ އެވެ. ކޯހުގެ 17 ވަނަ ބުރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ހޮވިގެން ކޮމިޝަނާ އޮފް ޕޮލިސް ދެއްވާ އަށްޑަނަ ހާސިލްކޮށްފައި ވަނީ ބީފާން ސޮކޮޑެވެ. އަށާރަ ވަނަ ބުރުގެ އެއްވަނަ ގިމައަކަށް ހޮވިފައި ވަނީ ހާޖީ ސްކޮޑެވެ.
މީގެ އިތުރުން ދެ ބުރުން ވެސް މުހިއްމު ވަނަތައް ހާސިލްކުރި ކުދިންނަށް ރޭގެ ޖަލްސާގައި އިނާމް ދީފައި ވެ އެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބްކޮށް ކޮމިޝަނާ އޮފް ޕޮލިސް އާދަމް ޒާހިރު ވިދާޅުވީ ފުލުހުންގެ ހިދުމަތަށް އިތުރު ފުލުހުންތަކެއް ނުކުންނައިރު ފުލުހުންގެ ހިދުމަތް ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ. އެހެންކަމަށް ވުމާއެކު ހިދުމަތަށް ނުކުންނަ ކޮންމެ ފުލުހަކު ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިހްލާސްތެރިވުމަށް އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ