ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ދިވެހިރާއްޖޭ މިދަނީ ނުރައްކާތެރި ހާލަތަކަށް ކަމަށާއި، ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ގޮވާލައްވައިފި އެވެ.
 
ފާރިސް އެގޮތަށް ގޮވާލައްވާފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ. ފާރިސް ވިދާޅުވީ މިއަދު ދިވެހި ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ނުކޮށްފިނަމަ، މި ޖީލަށް ދިވެހި ގައުމު މައާފެއް ނުކުރާނެ ކަމަށެވެ.
 
If we don't stand up now, if we fail without trying, the country will never forgive our generation
 
ފާރިސްއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ބޮޑު ބޭބެ ވިދާޅުވާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ނިސްބަތްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެކެވެ. ނަމަވެސް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުން ފާރިސް ބޭރުކޮށް، ޕީޕީއެމް މެމްބަރު ކަމުން ވަކިކުރުމަށްވެސް ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ވަނީ މަސައްކަތް ކޮށްފަ އެވެ.
 
ފާރިސް ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދޫކޮށްލުމަށް އދ. ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމި ގޮތަށް ވަގުތުން ވަގުތަށް ނާޒިމް މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ކާނަލް ނާޒިމް ހައްޔަރު ކުރުމާއި ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއްކަން އދގެ ވޯކިންގ ގްރޫޕްގެ އެ ނިންމުމުން ވެސް ސާބިތުވާ ކަމަށްވެސް މީގެ ކުރިން ފާރިސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ