"ހަވީރު" ން ބޭއްވި ފޮޓޯ އަރަތުގެ އިނާމު މިއަދު ހަވާލު ކޮށްފި

މިދިޔަ ރޯދަމަހު "ހަވީރު" ން ބޭއްވި ފޮޓޯ އަރަތުގެ އިނާމު މިއަދު ހަވާލު ކޮށްފި އެވެ.
ފޮޓޯ އަރަތުގެ ޖަވާބު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވިގެން އެސްޓީއޯގެ އިނާމު އެރިކްސަން މޮބައިލް ފޯނު ލިބުނީ ހ. ދެވެލިކިނާރާ ހަދީޖާ މުހައްމަދަށެވެ. ހަވީރުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ހަދީޖާއާ އިނާމު ހަވާލު ކޮށްދެއްވީ އެސްޓީއޯގެ މާކެޓިން ޑިޕާޓްމަންޓުގެ ފަރާތުން އައިޝަތު ޝައްފާނާ ރަޝީދެވެ.
"ހަވީރު" ގެ ފޮޓޯ އަރަތުގެ ޖަވާބު 754 ފަރާތަކުން ފޮނުވާފައި ވެ އެވެ. އޭގެ ތެރެއިން، ފޮޓޯ އަރަތުގައި ޖެހި 25 ފޮޓޯގެ ތެރެއިން 21 ފޮޓޯ ދިމާކޮށްގެން ހަތަރު ފަރާތަކުން ގުރުއަތަށް ހޮވުނެވެ. އެއް ވަނަ އިނާމު ލިބޭ ފަރާތަކަށް ހަދީޖާ މުހައްމަދު ހޮވުނީ ހަތަރު ފަރާތުގެ މެދުގައި މިދިއަ ހޮނިހިރު ދުވަހު އޮތް ގުރު ނެގުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ