ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ދިވެހި ރައްޔިތަކު ވެސް ނުހައްގުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޖުލައި 13، ގައި ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ތިން މަސްދުވަހުގެ ތެރޭގައި އެސްއޯއީތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން އަންގާފަ އެވެ. މަޖިލީހުަގައި މިއަދު ބަހުސް ކުރަމުން ދަނީ މުވައްޒަފުން ވަކިކުރުމުގެ ނަމުގައި ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރަކަށެވެ.
Enterprise Development Industrial Pvt Ltd
MU STORE
MU STORE
އެ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ ނުހައްގުން މީހުން ވަޒީފާތަކުން ވަކިކުރީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި ދެ ވެރިކަމުގައި ކަމަށް ވިދާޅުވެފަ އެވެ. މައުރޫފްގެ ގަރާރުގައި ވަޒީފާއިން ވަކިކުރީ ކިތައް މީހުން ކަމެއް ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
"މި ވެރިކަމަށް ތިން އަހަރު ވާން ކައިރިއަށް އަންނައިރު 15 މީހުން ވެސް ނީންނާނެ، އެންމެ މީހެއް ވެސް ނުހައްގު ގޮތުގައި ވަޒީފާއިން ވަކިކޮށްފައި މި ސަރުކާރުން ނޯންނާނެ، އެންމެ މީހަކު ވެސް،" ފަލާހު ވިދާޅުވި އެވެ.
އެއްވެސް ދިވެހި ރައްޔިތަކަށް ނިކަމެތިކަމެއް ލިބޭނެ ކަމެއް މުއިއްޒު ނުކުރައްވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވި އެވެ. ދިވެހި ރައްޔިތުން އެކަމަށް ހެކިވާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުގައި ބައިވެރިވެގެން އެތައް ބަޔަކު ވަޒީފާތަކުން ކަނޑާލާފައިވެ އެވެ. އަދި މިފަހުން މުވައްޒަފުން ކަނޑަމުންދަނީ ސިޔާސީ ފިކުރަށް ބެލުމަށް ފަހު ކަމަށް އެމްޑީޕީން ތުހުމަތުކުރެ އެވެ.
އެޕްރީލް މަހު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 33 ޕަސެންޓު މުވައްޒަފުން ވަކިކުރުމުން 13،800 އަށްވުރެ ގިނަ މުވައްޒަފުން މަގުމަތިވާނެ އެވެ.
މި ސަރުކާރުން އެންމެ މީހަކު ވެސް ނުހައްގުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ