ސިވިލް ކޯޓުގެ ގާޒީ ސ. ފޭދޫ ބްލޫމޫން މަރިޔަމް ވަހީދު ސަސްޕެންޑް ކޮށް ސުޕްރީމްކޯޓުން އަމުރެއް ނެރެފިއެވެ.
އޭނާ ސަސްޕެންޑް ކުރުމަށް އަމުރެއް ނެރުނީ ވ. ބޮޑުމޮހޮރާ ކުއްޔަށް ދިނުމަށް މެރިން ޓެކްނޮލޮޖީސް މޯލްޑިވްސްއާއެކު އެއްބަސްވުމެއް އެކުލަވާލުމަކީ ސަރުކާރަށް އޮތް އިޚުތިޔާރެއް ކަމަށާއިއެފަދަ އެއްބަސްވުމެއް އެކުލަވާލަން ސަރުކާރަށް މަޖުބޫރެއް ނުކުރެވޭނެކަމަށް ނިންމައި ސުޕްރީމް ކޯޓުން ހުކުމެއްކޮށްފައި ވަނިކޮށް، ސިވިލް ކޯޓްގެގާޒީ މަރިޔަމް ވަހީދު އެ ކޯޓްގެ ގަޒިއްޔާއަކުން އަލުން އެ މައްސަލަ ބަލައިއެ ރަށް 7 ދުވަހުގެ ތެރޭގައި މެރިން ޓެކްނޮލޮޖީސްއަށް ކުއްޔަށްދޫކުރަން އެއްބަސްވުމެއް އެކުލަވާލަން ސަރުކާރުގެ މައްޗަށް އަމުރެއް ކުރުމުން ކަމަށް މަޢުލޫމާތު ލިބެއެވެ.
އެ އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނުއަމުރުގައި ބުނެފައިވަނީ ގާޒީ މަރިޔަމް ވަހީދު އެފަދަ ހުކުމެއް ކުރެއްވީރާއްޖޭގެ ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނާއި ރާއްޖޭގެ ކޯޓްތަކުގެޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާވެސް ޚިލާފަށްކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެހައޘިއްޔަތު މަރިޔަމް ވަހީދަށް ގެއްލިފައިވާ ކަމަށްވެސް ސުޕްރީމް ކޯޓުންމިރޭ ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.
ސިވިލް ކޯޓުގެ ގާޒީ ސަސްޕެންޑު ކުރުމަށް ސްޕްރީމް ކޯޓުން އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ