ސިފައިންގެ ދުވަހުގެ ހިނގާލުން މާދަމާ ހަވީރު

123 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައިކަމަށެވެ. ޝަރަފުގެ ހިނގާލުން ކުރިއަށްްދާނީ ބަންޑާރަކޮށި ކުރިމަތިން ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، ބޮޑުތަކުރުފާނު މަގުން ދެކުނަށް އަޅައިގެން ސުނާމީ ބިނާކައިރިން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، ކަޅުތުއްކަލާކޮށްޓަށް ނިންމާލާގޮތަށެވެ.
ޝަރަފުގެ މި ހިނގާލުމުގެ ލަޝްކަރު ހެންވޭރު ރާޅުގަނޑު ސަރަޙައްދުގައި މަޑުކޮށް ހެލިޕޭޑްގައި ސިފައިންގެ ބޭންޑުގެ ރާގުތައް ހިމެނޭ ޑިސްޕްލޭއެއް ދައްކާލުން އޮންނާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިއަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވާއިރު، ކުރީޒަމާނުގައި ސިފައިން ބޭނުންކުރި ބައެއް ޔުނީފޯމްތަކާއި ސިފައިން ބޭނުންކުރާ ބައެއް ހަތިޔާރާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި އެމްއެންޑީއެފް މެޑިކަލް ސަރވިސްގެ ޑިސްޕްލޭއެއް ވެސް ފެނިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ