އަބްދުﷲ ޝާހިދު ސްވިޒްލޭންޑަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްވިޒްލޭންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ޖެނީވާއަށް ވަޑައިގެންފައި މިވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މިފަހަރުގެ ބައްދަލުވުމުގައި 80 ގައުމެއްގެ މަންދޫބުންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތަކުން އިންސާނީ ހައްގުތަކާއި ގުޅޭ ކަންކަމުގައި މަޝްވަރާ ކުރާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާދަމާ ތަގުރީރު ކުރައްވާނެއެވެ. މި ދަތުރުފުޅުގައި އދ. ހިއުމަން ރައިޓްސް ކޮމިޝަނާ މިޝޭލް ބެޗެލެޓް އާއި ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކުގައި ބައެއް ގައުމުތަކުގެ އިސްވެރިންނާއި ޖަމިއްޔާތަކުގެ ބޭފުޅުންނާއިވެސް މިނިސްޓަރު ބައްދަލުކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ