ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެކޯޓުގެ ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރު ކުރަން ފަށައިފިއެވެ.އެގޮތުން މިއަދު ހަވީރުގެ ވަގުތެއްގައި ބައެއް ފަނޑިޔާރުން ހާޒިރު ކޮށްފައިވާއިރު މިރޭވެސް ބައެއް ފަނޑިޔާރު އެ ކޮމިޝަނަށް ހާޒިރު ކުރާނެއެވެ. ޖޭއެސްސީން ދަނީ ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިހުތިސޯސުން ބޭރުން ކޮށްފައިވާ ގާނޫނުތަކާ ހިލާފު ކަންކަމާ ގުޅިގެން އެ ކަމުގައި ބައިވެރިވެވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންނެވެ. އަދި އިހުތިސޯސުން ބޭރުން ކޮށްފައިވާ އިތުރު ކަމެއް ފާހަގަވެއްޖެނަމަ އެ ކަމެއް ވެސް ތަހުގީގު ކުރާނެ ކަމަށް ޖޭއެސްސީން މީގެ ކުރިން ބުނެފައިވެ އެވެ.ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާޒިރު ކުރަން ފަށާފައިވާއިރު، ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރުމަށް ވަޑައިގެންނެވި ސައުތް އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ އެކުލަވާލެއްވި ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަގުތުން ވަކި ކުރުމަށް ބުނެފައި ވަނިކޮށެވެ. އެ ރިޕޯޓުގައި ސުޕްރީމް ކޯޓަކީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ހަލާކުގެ ގޮތުގައި ވަނީ ސިފަ ކޮށްފައެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާޒިރު ކުރަމުން އަންނައިރު އެ ކޮމިޝަނުން ދެ ފަހަރެއްގެ މަތިން ވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ނިންމާފައެވެ. އެއީވެސް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ބެލުމަށްފަހުއެވެ. މީގެކުރިން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ބެލި މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރައްވާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ