ވައްކަމުގެ މައްސަލަ އެންމެ ގިނައިން ހުށަހަޅަނީ ހަވީރު

ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅަނީ ހަވީރުގެ ގަޑީގައިކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ތަފާސްހިސާބު ދައްކާ ގޮތުގައި މާލޭގައި ވައްކަމުގެ މައްސަލަ އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަވީރު ފަހަކާ އިރުއޮއްސި ހަޔަކާ ދެމެދު ކަމަށެވެ. މިދިޔަ 24 ގަޑިއިރު ތެރޭ މާލެއިން ވައްކަމުގެ 10 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ހަތް މައްސަލައަކީ މަގުމަތީގައި ހިންގާފައިވާ ވައްކަންތަކެވެ. އަދި އޭގެ ތެރެއިން ދެ މައްސަލައަކީ ގޭގެއަށް ވަދެގެން ކުރި ވައްކަމެވެ. އަދި ފިހާރައެއް، ގުދަނަކަށް ވަދެ ވައްކަން ކޮށްގެން މިދިޔަ 24 ގަޑިިއިރު ތެރޭގައި އެއް މައްސަލަ ފުލުހަށް ހުށަހަޅާފައި ވެއެވެ. ހަމީދު ވިދާޅުވީ، ވައްކަމާއި ފޭރުން އިތުރުވެފައިވާއިރު، އެކަންތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ރަށުތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެފައިިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.Here is the picture on theft and burglary in Male’ for the last 24 hours. We have increased policing activities to reduce such crimes. Beware of some habitual offenders out at large who belong to some crime groups. Whilst we do our part, urge the public to be more crime aware. pic.twitter.com/Os8ooE4xYs— Mohamed Hameed (@M_Hameedh) December 30, 2019ފުލުހުން ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވައްކަމުގެ އެންމެ ގިނަ މައްސަލަތައް ހުށަހެޅިފައިވާ އަހަރަކީ މި އަހަރު ކަމަށެވެ. ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު އެކަނިވެސް ވަނީ ވައްކަމުގެ 4500 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ