ކަރަންޓް މައްސަލައެއް ދިމާވެ ޕާސްޕޯޓާއި ވިސާގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ، ދިމާވި ކަރަންޓް މައްސަލައެއްގައި ޕާސްޕޯޓް ދޫކުރުމާއި ވިސާގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން، ދިމާވި ކަރަންޓް މައްސަލާގައި މި ދެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަން ކަށަވަރުކޮށްދީފައިވަނީ މިއަދު 11:25 އަހާކަންހާއިރު އެވެ.
ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މެދުކެނދުނު އިރު ކުރިއަށް އޮތީ ޗުއްޓީ ދުވަސްތައް ކަމުން މިދުވަސް ވަރަކީ އާއްމު ގޮތެއްގައި ގިނަ ބަޔަކު ޕާސްޕޯޓް ހެއްދުމާއި ޕާސްޕޯޓް އާ ކުރަން އެދި ހުށަހަޅާ ދުވަސްކޮޅެކެވެ.
ކަރަންޓް މައްސަލައެއް ދިމާވެ ޕާސްޕޯޓް އަދި ވިސާގެ ހިދުމަތް މެދުކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ