ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމުގައި މި ވަގުތު އެއްވެސް ބޭފުޅަކު ނެތުމުން ބަންޑާރަ ނައިބުގެ ފަރާތުން ދައުވާކުރާ އަދި ބަންޑާރަ ނައިބަށް ދައުވާ ރައްދުވާ ހުރިހާ މައްސަލަތަކެއް ބެލުން މަޑުޖައްސާލުމަށް ސިވިލް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
ބަންޑާރަ ނައިބުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އާޒިމާ ޝަކޫރުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގައި ހަ ފަނޑިޔާރެއްގެ އިއްތިފާގުން އިއްޔެ ނިންމި ނިންމުމުގައި ވަނީ ދައުލަތަށް ރައްދުވާ އަދި ދައުލަތުން ދައުވާކުރާ ހުރިހާ މައްސަލަތަކެއް ބެލުން މަޑުޖައްސާލުމަށެވެ. ނަމަވެސް މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހައްގަށް އުނިކަން ލިބިދާނެ ކަމަށް ފަނޑިޔާރަށް ފެންނަ ހާލަތުގައި އެ މައްސަލައެއްގެ ހާލަތަށް ރިއާޔަތްކޮށް، ބަންޑާރަ ނައިބުގެ ބަހެއް ނެތި އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ބާރު ފަނޑިޔަރުންނަށް ލިބިގެންވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ ނިންމުމުގައިވާ ގޮތަށް ދައުލަތަށް ދައުވާ ރައްދުވާ މައްސަލައެއްގައި ދައުވާކުރާ ފަރާތުން އެދިފައިވާ ވަގުތީ އަމުރަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އެ ވަގުތީ އަމުރު ކޯޓުން އިއްޔެ ވަނީ ނެރެފަ އެވެ. އެއީ ބިދޭސީއަކު ޑީޕޯޓްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމަށް ނެރެފައިވާ އަމުރެކެވެ.
ދައުލަތާބެހޭ ހުރިހާ މައްސަލަތަކެއް ބެލުން ސިވިލް ކޯޓުން މަޑުޖައްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ