އަންނަ ރަމަޟާން މަހު އުނގޫފާރުގެ ހުރިހާ ގެއަކަށް ކަރަންޓު ހިލޭ ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި

އަންނަ ރަމަޟާން މަހު އުނގޫފާރުގެ ހުރިހާ ގެއަކަށް ކަރަންޓު ހިލޭ ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
އުނގޫފާރު ކައުންސިލުން އިއްޔެ ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވަނީ ރޯދަމަހަކީ އެހެން މަސްމަހާއި އަޅާ ބަލާ އިރު، ކަރަންޓުގެ ޚަރަދު ބޮޑުވާނެ މަހަކަށްވާތީ، ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.
"ރޯދަމަހު އެހެން މަސްތަކަށްވުރެ ކަރަންޓު ބޭނުންކުރާ މަހެއް. އަނެއްކާ ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެދޯ މިހެން ހެދީމަ" އެ ކައުން ބުންޏެވެ.
އުނގޫފާރުގެ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށްގާތްގަނޑަކަށް 450،000 ރުފިޔާ އަރާނެ ކަމަށް ލަފާކުރާ އިރު، ފާއިތުވި އަހަރުވެސް އެ ކައުންސިލުން ވަނީ އެ ރަށު ހުރިހާ ގޭބިސީތަކަށް ރަމަޟާން ހިލޭ ކަރަންޓު ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ފައިބެއަހަރު ވަނީ ރައްޔިތުންނަށް ރަމަޟާން މަހު ލުއި ހޯދައިދިނުމުގެ ގޮތުން ރައްޔިތުންނަށް ގިނަ އިނާޔަތް ހިމެނޭ ތަފާތު ހަރަކާތްތައް ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ