ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފިއެވެ.
ސައުދު ޙުސައިން މިރޭ ވިދާޅުވީ އޭނާ ޤަބޫލުފުޅުކުރައްވާ ގޮތުގައި ޕީޕީއެމްގެ ރައީސް އަކީ މައުމޫން ކަމަށާއި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތީ ރައީސް މައުމޫން އާއިއެކު ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ. އަދި ސާބިތުކަމާއިއެކު ރައީސް މައުމޫންގެ ފަހަތްޕުޅުގައި ދެމިހުންނަވާނެ ކަމަށެވެ.
ގއ. ވިލިނގިއްޔަކީ ރައީސް މައުމޫންގެ މަންމާފުޅުގެ ރަށެވެ. ރައީސް މައުމޫނަށް ތާއީދު ބޮޑު އެރަށުގެ ގިނަ ބައަކު މިހާރުވެސް ރައީސް މައުމޫނަށް ކިޔަނީ އަހަރެމެންގެ "ރަށު މީހާ" ކަން ފާހަގަކުރެވެއެވެ.
ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން މިރޭ ވިދާޅުވީ ޕީޕީއެމްގެ އިތުރު މެންބަރުންތަކެއް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އެމެންބަރުން އިންތިޒާރުކުރަމުން ގެންދަނީ ހާލަތާއި ފުރުޞަތަށް ކަމަށެވެ. ސަރުކާރުގެ ތެރެއިން ނުކުންނައިރު މެންބަރުންނަށްވެސް ކަންތައްތަކެއް ހުންނާނެކަން ޤަބޫލުކުރަންޖެހޭ ކަމަށް ވެސް ފާރިޝް ވިދާޅުވިއެވެ.
ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން އިދިކޮޅު ފަރާތްތަަކާއި ގުޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ