ރައްޔިތުން ބަނޑަށް ޖެހެމުން ދާއިރު އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮންގް އުން އަމިއްލަފުޅު ބޭނުމަށް 42 މިލިއަން ޑޮލަރުގެ ދުންފަތް ގަނެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށް "ދަ މިރޯ" އިން ރިޕޯޓުކޮށްފައިވާގޮތުގައި އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ވަނީ 102،000 ޑޮލަރަށްވުރެ ގިނަ ފައިސާ ހަމައެކަނި ސިގާރު ގަތުމަށް ހޭދަކޮށްފައި ކަމަށެވެ. އަދި އެ އެ ގައުމުގައި ހައްދާ ދުންފަތް އޮޅުމަށް ބޭނުންކުރާ މެޝިނެރީތަކަށް އުން ވަނި 128،000 އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުން ބުނާގޮތުގައި އުން އެ ފައިސާ ނަންގަވަނީ ބަޖެޓުންނެވެ. އެހާ ގިނަ ފައިސާ ނަގައިގެން ދުންފަތް ބޭނުން ކުރައްވާއިރު އުތުރު ކޮރެއާގެ އެތައް މިލިއަން ބަޔަކު ދަނީ ބަނޑަށް ޖެހެމުންނެވެ.
ތަފާސް ހިސާބުތަކުން ބުނާގޮތުގައި އުތުރު ކޮރެއާއަކީ ފިރިހެނުންގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ހިމެނޭ ގައުމެވެ.
އެގޮތުން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން މިއަހަރު ވަނީ އުތުރު ކޮރެއާއިން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ ނިސްބަތް ކުޑަ ކުރުމަށް މަސައްކަތް ފަށާފައެވެ. އޭގެތެރޭގައި ނިކޮޓިން ގަމް ފަދަ ތަކެތި ރައްޔިތުންނަށް ބެހުން ހިމެނެއެވެ.
ރައްޔިތުން ބަނޑަށް ޖެހެމުން ދިޔައިރު އުތުރު ކޮރެއާގެ ލީޑަރު 42 މިލިއަން ޑޮލަރު ހޭދަކުރެއްވީ ދުންފަތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ